ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ވުމާ ބެހޭ

                                                ނަމްބަރު: (IUL)248-CAFA/248/2019/28 

 

އިޢުލާން

ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ވުމާ ބެހޭ

               1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުމަށްއެދޭ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލާ ގޮތަށް ހަމަޖެހިފައި ވުމާއެކު އެކަމަށް އެދޭ ފަރާތްތަކުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފުރުއްވައި މިއިދާރާއަށް ހުށައެޅުއްވުމަށް ދެންނެވީމެވެ.

               ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ދޫކޮށް ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން 28 އެޕްރީލް 2019 ވަނަ ދުވަހުގެ ނިއަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 ން 14:00 އަށެވެ.  

               ފޯމު ބަލައި ގަތުމަށް ހަމަ ޖެހިފައިވާ ސުންގަޑީގެ ފަހުން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި  ފޯމު ހުށައަޅުއްވާއިރު ފޯމާއެކު ގެންނަން ޖެހޭ ތަކެތި ހަމައަށް ގެންނެވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

               27 ރަޖަބު  1440

               03 އެޕްރީލް 2019

04 އޭޕްރިލް 2019
ހޯދާ