ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ ސްޓޫޑިއޯ ލައިޓްސް އާއި ލައިޓް ހެދުމަށް ބޭނުންވާ ޓޫލްސް ގަތުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/24

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-008-19) PSM-GA /2019/73

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                         މިކުންފުންޏަށް ބޭނުންވާ ސްޓޫޑިއޯ ލައިޓްސް އާއި ލައިޓް ހެދުމަށް ބޭނުންވާ ޓޫލްސް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/ PSM/2019/13) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވަތީ އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.                       

                        ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ   އެއްގޮތަށް މިތަކެތި ވިއްކުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 އޭޕްރީލް 2019 ވަ ހޯމަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                        ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                  27 ރަޖަބް 1440 

                  03 އޭޕްރީލް 2019

03 އޭޕްރިލް 2019
ހޯދާ