މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ؛

މިކޯޓްގެ ކޯޓްރޫމަގައި ޖަހާފައިވާ މުށިތައް ނަގާ މުށި ބަދަލުކޮށް ކާޕެޓް އެޅުމާއި، ސީލިންގް ނަގާ މިކޯޓުންދޭ ކުރެހުމަކާ އެއްގޮތަށް ސީލިންގް އަޅާ،

ފާރުތަކުގެ ވަށައިގެން ލަކުޑި ބޯޑަރ އެޅުމާއި، ފާރުތަކުގައި ކުލަލުން އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކޯޓަށް

ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ·        މަޢުލޫމާތު ސާފުކުރުން: 11 އޭޕްރީލް 2019 ދުވަހުގެ 13:30
  • ·        އަންދާސީ ހިސާބު ހުށަހެޅުން: 18 އޭޕްރީލް 2019 ދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން

ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓްގެ ނަމްބަރު 6580424 އަށް ގުޅުއްވުން އެދެމެވެ.

03 އޭޕްރިލް 2019
ހޯދާ