ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޕްރިންޓަރ)

މަޤާމް

ޕްރިންޓަރ

މަޤާމުގެ ނަންބަރު

J-114950

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 3

ސެކްޝަން

އެކަޑަމިކް

މަޤާމް އޮތް އޮފީސް

ދާންދޫ ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭ އޮފީސް

ދާންދޫ ސްކޫލް

މުސާރަ

މަހަކު 3875.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލެވެންސް

މަހަކު 1200.00 ރުފިޔާ

އިތުރު އިނާޔަތްތައް

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގޑީގެ ފައިސާ.

-           ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-           

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް

1        ވޯކްޝީޓްތަކާއި ޓެސްޓް ޕޭޕަރުތައް އޮފީހުން ހަމަޖައްސާ އުސުލުގެ މަތިން އަދި އެތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދަތި ނުވާނެ ގޮތުގެ މަތިން ޕްރިންޓްކުރުން އަދި ސްޓޭޕްލް ކުރުމާއި ބަންޑްލް ކުރުން.

2        އިދާރީ ހިންގުމަށާއި ކިޔަވައިދިނުމަށް ދުވަހުން ދުވަހަށް ބޭނުންވާ ފޮޓޯކޮޕީ އާއި ޕްރިންޓްތައް ހެދުން

3        ޕްރިންޓް ކުރާ ތަކެތީގެ ކޮޕީއެއް ފައިލް ކޮށް ބެހެއްޓުން

4        ޕްރިންޓް ކުރުމަށް ބޭނުންކުރާތަކެތި ބޭނުންކުރެވޭ ގޮތް ބެލުމަށް އެކަމަށް ޚާއްސަ ލޮގެއް ހަދައި އެތަކެތި ބޭނުންކުރުމާއި އަދި މިކަމާއި ގުޅިގެން ސްކޫލުގެ އިސް ވެރިން ބޭނުންވާ އެނަމެހާ މަޢުލޫމާތު ޤަވާއިދުން ފޮރުކޮށްދިނުން އަދި ޕްރިންޓިން ރިޕޯޓް ހެދުން

5        ޕްރިންޓް ކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސް ކުރުވައި ބެލެހެއްޓުން

6        ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް، ދެލި ފަދަ ތަކެތި ދުރާލާ ހޯދުން

7        ޙަވާލުކުރެވޭ ތަކެތި ލެމިނޭޓް ކުރުމާބައިންޑް ކުރުން

8        އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.

9        ސްކޫލުން ކުރިއަށްގެންދާ އިތުރު ޙަރަކާތްތަކާއި މަސައްކަތްތަކުގައި ބައިވެރިވުމާއި،އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރާ އެހެނިހެންކަންތައްތައް ކުރުން.

 

މަޤާމްގެ ޝަރުތުތައް

 

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

 

ދާއިރާ: އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

-          ޙާސިލް ކޮށްފައިވާ ތަމްރިނާއި ތަޖުރިބާއަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން.

-          މީގެ އިތުރުން އައި. ސީ. ޓީ އަށް އަޙުލުވެރިވެފައިވާ މިންވަރަށް ބެލެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމް (މިފޯރމް މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ނުވަތ ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2-      ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3-      ވަޒިފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭ ފަދަ ސާފުކޮޕީއެއް.

4-      ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާ ކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެތްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށްމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސްޓްފިކެތްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.

6-     ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7-     ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެތްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-     މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އޮއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ދާންދޫ ސްކޫލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ހުށަހަޅާނީ 10 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ދާންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ      [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުޝަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ފޯމާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމު ބަލައި ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

ހ. އިންޓަރވިއު އޮންނާނީ 10 އޭޕްރީލް 2019 އާއި 12 އޭޕްރީލް 2019 އާއި ދެމެދުގެ ދުވަހެއްގައި ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން ޝަރުތުހަމވާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން

-          މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރު ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެމަތިން މާރޚޫސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ އިރު ހޮވޭފަރާތްތަކާ އެކަނި ކަމުގައި ދަންނަވަމެވެ.

-          މަޤާމަށް މީހަކު ހޮވުމަށް ކަޏޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 25%  (ފަންސަވީސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

-          މިއިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ދާންދޫ ސްކޫލުގެ ފޯން ނަންބަރު 7983075 އަށެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

 

26 ރަޖަބު 1440

02 އެޕްރީލް 2019

02 އޭޕްރިލް 2019
ހޯދާ