މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ

1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް 2019 އިން ފެށިގެން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެފުރުޞަތު ހުޅުވާލަމެވެ.

މާލޭގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން  

ތާރީޚް: 03 އޭޕްރީލް 2019 އިން 28 އޭޕްރީލް 2019 އަށް

ގަޑި: 09:00 އިން 13:00 އަށް

          މާލެއާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށުކައުންސިލް / ސިޓީ ކައުންސިލަށެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައެވެ.  

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24 ރަޖަބު 1440ހ.

31 މާރިޗު 2019މ.

01 އޭޕްރިލް 2019
ހޯދާ