ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ، ޓެކްނީޝަން، ވެލްޑަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސިވިލް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/11500ރ ( އެގާރަ ހާސް ފަސްސަތޭކަ ރުފިޔާ  )

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ؛

 

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިޕާޓްމަންޓުގެ ސިވިލް އިންޖިނިއަރިންގ އާއި ގުޅުން ހުރި މަސައްކަތްތައް.

މަޤާމް:

ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

އިންޖިނިއަރިންގ އެންޑް މެކޭނިކަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/7200ރ ( ހަތްހާސް ދުއިސައްތަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާއި ގުޅޭ ދާއިރާޢަކުން އެޑްވާންސް ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިޕާޓްމަންޓުގެ ޓްކެނިކަލް މަސައްކަތްތަކުގެ އިތުރުން ލޭތުުކުރުމާއި މިލިންގ މަސައްކަތް

މަޤާމް:

ވެލްޑަރ

ވަޒީފާގެ ދާއިރާ:

އިންޖިނިއަރިންގ އެންޑް މެކޭނިކަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/5300ރ ( ފަސްހާސް ތިންސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

ވެލްޑިންގ އެންޑް ފެބްރިކޭޝަން ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ދާއިރާގެ ވެލްޑިންގ މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2019 އެޕްރީލްް 11  ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2019 އެޕްރީލް 11  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              20 ރަޖަބު 1440 

             26 މާރިޗް 2019

27 މާރިޗު 2019
ހޯދާ