އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑައިމަންޑް ޖުބިލީ ފެއަރގެ މޭޒު ދޫކުރުމުގެ މުއްދަތު އިތުރު ކުރުން

އަމީނިއްޔާސްކޫލް
ދިވެހިރާއްޖެ

 

ޑައިމަންޑް ޖުބުލީ ފެއަރ ގެ މޭޒު ދޫކުރުމުގެ މުއްދަތު އިތުރުކުރުން

 

  1. މި ސްކޫލްގެ ޑައިމަންޑް ޖުބުލީ ފެއަރ ގެ މޭޒު ދޫކުރުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އަމީނިއްޔާ ސްކޫލުގެ މިހާރުގެ ބެލެނިވެރިން ނަށާއި އަމީނިއްޔާ ސްކޫލުގެއިސްދަރިވަރުންނަށްހުޅުވާލަމެވެ. މޭޒެއްގެއަގަކީ 500.00 ރުފިޔާ (ފައްސަތޭކަ) އެވެ.

 

  1. މޭޒު ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019  މާރިޗު 26  އިން 2019  އެޕްރިލް 04  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 18:00 އަށް މިސްކޫލަށް ވަޑައިގެން ނަންގަވާ ކޮންމެ މޭޒަކަށް 500.00 ރުފިޔާ ދެއްކެވުމަށް ފަހު އެޕްލިކޭޝަން ފޯމު ހުށައެޅުއްވުން އެދެމެވެ.

 

  1. މި ފެއަރ އޮންނާނީ 12 އެޕްރީލް 2019 ވާ ހުކުރު ދުވަހުގެ ހަވީރު 16.00 ން އެރޭގެ 23.30 ށް ލިލީމަގާއި އަމީނިއްޔާ ސްކޫލު ގޯތިތެރޭގަ އެވެ.

 

  1. ނަންގަވާ މޭޒުން އިމްޕޯރޓު މުދާ ވިއްކާނަމަ، މޭޒު ހިފާފަރާތަކީ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ އިމްޕޯރޓު މުދާ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާން ވާނެއެވެ.

 

  1. ފެއަރ އާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2019 އެޕްރީލް 4 ވާ ބުރާސްފަތި ދުވަހުގެ ރޭ 20.30  ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. އެޕްލިކޭޝަން ފޯމު މި އިއުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. އަދި ސްކޫލުގެ ކައުންޓަރުންވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

19  ރަޖަބު   1440

26  މާރިޗު  2019

               

26 މާރިޗު 2019
ހޯދާ