ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

                          ނަންބަރު: IUL)221-HRS/221/2019/14)

  

މަޤާމް: ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ:-/6,295ރ

ސަރވިސް އެލަވަންސް:-/2,000ރ

ނޮންޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

އުޖޫރަޔާއިޢިނާޔަތްތައް

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު-/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ. 

 

މަޤާމުގެ ޝަރުތުތައް

 

 

 

 

 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ،

  • މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ،

  • މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ނޯޓް: މި މަޤާމަށް ކަނޑައެޅިފައިވާ ޝަރުތު ތަކުގައި ހިމެނޭ ސަނަދުތަކަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތައް އޯވަރ ކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ. 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

 

 

  • މި އޮތޯރިޓީއަށް އަންނަ އެންމެހާ ބިލްތަކަށް ފައިސާ ދެއްކުމާއި،ޕްރޮޖެކްޓްތަކާއި ގުޅޭ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު ހަރަކާތްތަކަށް ހިނގިޚަރަދުގެ ތަފްސީލް ރިޕޯޓް ކަމާގުޅޭ ޔުނިޓަށް ފޮނުވުން.
  • މި އޮތޯރިޓީގެ ބަޖެޓް ތައްޔާރުކޮށް ބެލެހެއްޓުން.
  • މި އޮތޯރިޓީގެ ބަޖެޓާއި ފައިސާއާ ބެހޭ ކޮންޓްރޯލް ސިސްޓަމް ހިންގުމުގެ މަސައްކަތް ކުރުން.
  • މި އޮތޯރީޓިގެ މާލީބަޔާނާއި މާލީ ރިޕޯޓް ތައްޔާރުކުރުމާއި، ފައިސާއާއި މާލީ ރިޕޯޓް ބެލެހެއްޓުމާއިބެހޭ ރިކޯޑުތައް ބެލެހެއްޓުން
  • ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ކަނޑައެޅޭ މުއްދަތެއްގައި އޮތޯރިޓީގެ މެނޭޖްމަންޓާއި ހިއްސާކުރުން
  • އޮތޯރިޓީން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ މައްޗަށް އެކުލަވާލާ "މަންތްލީ ރިޕޯޓް" އެކުލަވާލުމަށް އެހީތެރިވެ ދިނުން.
  • ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.

 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން

މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުމުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. 
  • ހުށަހަޅާ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މަސައްކަތު ތަޖުރިބާގެ އެޓެސްޓް ކުރެވިފައިވާ ލިޔުންތައް.

ނޯޓް:

  • ހުށަހަޅާ ސެޓްފިކެޓްތަކަކީ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކެއް ކަމުގައިވާނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
  • (ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލު /ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށްފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ޖީސީއޯލެވެލް، އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޭލެވެލް އާއި އެޗް.އެސް.ސީ ފަދަ ސެޓްފިކެޓްތަކާއި ނަތީޖާ ސްލިޕްތައްވެސް އެޓެސްޓްކުރެވިފައި ހުންނަންވާނެއެވެ. އެޓެސްޓު ކޮށްފައިހުންނަ ލިޔުންތަކުގައި އެޓެސްޓު ކުރި ތާރީޚާއި އެޓެސްޓު ކުރި ފަރާތުގެ ނަމާއި މަޤާމު އަދި ސޮޔާއިއެކު، އެޓެސްޓް ކުރީ ކޮން އިދާރާއެއް ނުވަތަ ކޮން ފަރާތެއްކަން އެޓެސްޓްކުރާ ތައްގަނޑުގައި ޖަހާފައި އޮންނަން ވާނެއެވެ.
  • މަސައްކަތު ތަޖުރިބާ ލިޔުމުގައި އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުގެ އިތުރުން ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނެފަދަ ރަސްމީ ލިޔުމެއްކަމުގައި ވާންވާނެއެވެ. އަދި ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނޫން ތަނެއްގެ ލިޔުމެއް ހުށަހަޅާނަމަ އެތަނެއްގެ މުވައްޒަފުންގެ އަދަދު ލިޔުމުގައި ހިމެނެންވާނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2019 އޭޕްރީލް 02 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
26 މާރިޗު 2019
ހޯދާ