މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ، ކުންމިންގ ފެއަރ 2019 ޖޫން 12 އިން 18.

އިޢުލާން

ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ، ކުންމިންގ ފެއަރ 2019 ޖޫން 12 އިން 18.  

            ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާތީ، މި ފެއަރގައި ދިވެހި ވިޔަފާރިތައް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް  ޗައިނާގެ ކުންމިންގ ގައެވެ. މިފެއަރގައި ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުޞަތު ލިބިންގެންދާނެއެވެ. މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެއެވެ. އަދި މިފަދަ އުފެއްދުންތައް އުފައްދާ ބޭރުގެ ފަރާތްތަކާއި ގުޅުންބަދަހިވެ، ދިވެހި އުފެއްދުންތައް މެކެނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތުއޭޝިޔާގެ ގިނަޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެއްކަން ފާހަގަކުރަމެވެ.

           މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިއުލާނާއެކުމިވާ ފޯރމް ފުރިހަމަކުރިމަށް ފަހު  07 އޭޕްރިލް 2019 އިން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިފެއަރގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކަކުން މިފެއަރގައި ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހޭނީ ބައިވެރިވުމަށް އެދޭ ފަރާތްތަކުންނެވެ. ނަމަވެސް މިފެއަރގައި ބައިވެރިވާ  ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިމިނިސްޓްރީއިން ފޯރުކޮށްދޭނެއެވެ.

             މިފެއަރގައި ބައިވެރިވުމަށް ހުށަހަޅާފޯމް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކައުންޓަރުން އަދި  މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ.   

26 މާރިޗު 2019
ހޯދާ