ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނެޓްވޯރކް ސްވިޗް އަދި އެއާ ގުޅޭ ސާމާނު ސަަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                     `

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                     

                                                                      ނަންބަރު: H-2019/25A

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް ބޭނުންވާ ނެޓްވޯރކް ސްވިޗް އަދި އެއާ ގުޅޭ ސާމާނު ސަަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2019/25 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމަންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 މާރިޗު 25 އިން 2019 މާރިޗު 31 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރު 15:00 އާދެމެދު 50.00 ޔޫ.އެސް ޑޮލަރު ނުވަތަ -/771 ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2019 އެޕްރީލު 01 ވާ (ހޯމަ) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އެޕްރީލު 08 ވާ (ހޯމަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ 2019 މާރިޗު 26 އިން 2019 މާރިޗު 31 ގެެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާއި ދެމެދުއެވެ. އަދި ބީލަން ޑޮކިއުމަންޓަށް ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކުން އަލުން ފައިސާ ދައްކަވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި/- 20000ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 އެޕްރީލު 08 ވާ (ހޯމަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން ޢެދެމެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2019 މާރިޗު 25 އިން 2019 މާރިޗު 31 އަށް

09:00 އިން 15:00 އަށް

ޑޮކިއުމަންޓް ދޫކުރުމަށް

2019 މާރިޗު 26 އިން 2019 މާރިޗު 31 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2019 އެޕްރީލު 01 (ހޯމަ)

13:00 ގައި

އަގު ހުށަހެޅުން

2019 އެޕްރީލު 08 (ހޯމަ)

13:00 ގައި

                                       17 ރަޖަބު 1440

                                       24 މާރިޗު 2019

ނޯޓް:

  • މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv   ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338160 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

 

 

25 މާރިޗު 2019
ހޯދާ