ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ިކުންފުނިން ތިލަފުށީގައި ހަދާފައިވާ ސައިޓްގެ ގިރާސަރަހައްދު ހިއްކާ ހިމާޔަތްކުރުމުގެ ކުރިން ހަދަންޖެހޭ އީ އައި އޭ ސާރވޭ ހެދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/15

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-009-19) PSM-GA /2019/85

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

              މިކުންފުނިން ތިލަފުށީގައި ހަދާފައިވާ ސައިޓްގެ ގިރާސަރަހައްދު ހިއްކާ ހިމާޔަތްކުރުމުގެ ކުރިން ހަދަންޖެހޭ އީ އައި އޭ ސާރވޭ ހަދަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/ PSM/2019/11) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވަތީ އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. 

                     

              ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިކަން ކޮށްދިނުމަށް  ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

              ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                  14 ރަޖަބް 1440 

                  21 މާރޗް 2019 

21 މާރިޗު 2019
ހޯދާ