މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޯޓްގެ އިމާރާތުގެ ފުރާޅުން ފެންފައިބާ ތަންތަންބަލާ އެތަންތަން މަރާމާތުކުރުމާއި، ކޯޓްގެ އިމާރާތުގެ ބޭރާއި އެތެރޭގައިހަރުކޮށްފައިވާ ހޯލްޑަރތަކާއި

ބޮކިތައް ނަގާ އެތަންތަނުގައި ލެޑް ޕެނަލް ލައިޓް ހަރުކުރުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކޯޓަށް ވަޑައިގެން

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

  • ·        މަޢުލޫމާތު ސާފުކުރުން: 28 މާރޗް 2019 ދުވަހުގެ 13:30
  • ·        އަންދާސީ ހިސާބު ހުށަހެޅުން: 04 އޭޕްރީލް 2019 ދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން

ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓްގެ ނަމްބަރު 6580424 އަށް ގުޅުއްވުން އެދެމެވެ.

 14 ރަޖަބު 1440

21 މާރޗް 2019

 

21 މާރިޗު 2019
ހޯދާ