މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ރާއްޖޭގައި ހުރުމަށް ބޭނުންވާ ހުއްދަ ނެގުމާއި ގުޅޭ

ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހިން ބާއްވާ، ނުވަތަ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ބާއްވާ އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ ޕްރޮގްރާމްތަކާއި، ޙަރަކާތްތަކާއި، ޙަފްލާތަކަށް، ރާއްޖެއަށް އަންނަ ބިދޭސީއަކަށް އެޕްރޮގްރާމްތަކާއި، ޙަރަކާތްތަކާއި، ޙަފުލާތަކުގައި ބައިވެރިވުމަށާއި، ދިވެހި ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެދާއިރާއިން ޤަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށްޓަކައި އަދި ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫންގޮތަކަށް އަންނަ ބިދޭސީއަކަށް ވަކިމުއްދަތަކަށް ރާއްޖޭގައި ހުރުމުގެ ބޭނުމުގައި، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 13 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން ދޫކުރަނީ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާއެވެ. ނަމަވެސް މަތީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި ޓުއަރިސްޓު ވިޒާ ގައި ރާއްޖެއަށް އެތެރެވުމަށް ބައެއް ފަރާތްތަކުން އެދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޓުއަރިސްޓު ވިޒާ ދޫކުރެވެނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަމަށްވާތީ، ފަތުރުވެރިން ފިޔަވާ އިސްވެ ދެންނެވިފައިވާ ފަދަ ބޭނުންތަކަށް ރާއްޖެއަށް އަންނަ ބިދޭސީން އަދި ބިދޭސީން ގެންނަ ފަރާތްތަކުން އެބޭނުމަކާއި ގުޅޭ ވިޒާގެ ހުއްދަ އިމިގްރޭޝަނުން ހޯދުމަށްފަހު ދަތުރުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރަމެވެ.

21 މާރިޗު 2019
ހޯދާ