ދިވެހިރާއްޖެ
ނަންބަރ:MTCC-PD/IU/2019/0040
އިޢުލާން
އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:
އެމްޓީސީސީ ފެންނާ ގިމަތަ (އެމްޓީސީސީ ހުޅުމާލެ-މާލެ ޓާމިނަލް) އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2019/0033 (10 މާރިޗް 2019) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާތިލުކޮށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
14 ރަޖަބު 1440
21 މާރިޗް 2019