ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

މަޤާމް:  ޑެޕިއުޓީ މެނޭޖަރ / އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

 

ބޭނުންވާ އަދަދު : 01 (އެކެއް)

މުސާރަ/ މަހަކު : -/17,500 ރުފިޔާ  އާއި -/19,000  އާ ދެމެދު (މުސާރައާއި އެލަވަންސާއެކު)

  

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

-          އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ޤާނޫނީ ދާއިރާ، އައި.ޓީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ:

-           އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ޤާނޫނީ ދާއިރާ، އައި.ޓީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.         

-          ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، އެކަށީގެންވާ ވަޒީފާއަކަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.  

   

މަޤާމުގެ މަސްއޫލިއްޔަތު:

-          އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ މަސައްކަތް ޕްލޭން ކުރުމާއި ޓްރެއިނިންގ އެކްޓިވިޓީތައް ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން

-          އޮތޯރިޓީން އިންތިޒާމްކޮށްގެން ބާއްވާ ޕްރޮގްރާމްތަކުގައި ޕްރެޒެންޓޭޝަން ހުށަހަޅައިދިނުން

-          އޮތޯރިޓީން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މޮޑިއުލްތައްޔާރުކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން

-          ޓްރެއިނިންގ ހިންގައިގެން އޮތޯރިޓީއަށް ޢާމްދަނީ ލިބޭނެ ގޮތްތަކާއި ސްޕޮންސަރޝިޕް ހޯދައިގެން ޓްރެއިނިންގތައް ކުރިއަށް ގެންދާނެ ގޮތް ހިމެނޭ ފައިނޭންޝަލް ޕްލޭން އެކުލަވާލުން

-          ކެޕިޓަލް މާރކެޓްގައި ހިމެނޭ އިންވެސްޓަރުންނާއި ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި މާރކެޓްގައި ހިމެނޭ އެހެނިހެން ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެފަރާތްތަކަށް އަމާޒުކޮށްގެން ހިންގާނެ ޓްރެއިނިންގ ތައް ކަނޑައެޅުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން

-          ސަރަޙައްދީ އަދި  ބައިނަލްއަޤްވާމީ އިންސްޓިޓިއުޓްތަކާ ގުޅިގެން މިދާއިރާއިން މީހުން ތަމްރީނުކުރުމުގައި ގެންގުޅޭ އައުގޮތްތައް ދެނެގަނެ އެ ގޮތްތައް އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސަޕޯޓް، ރާއްޖެއިންބޭރުގެ މިފަދަ އިންސްޓިޓިއުޓްތަކުން ހޯދުން

-          އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އަށް ބޭނުންވާ މެޓީރިއަލްތައް (ބްރޯޝަރ، އޯޑިއޯ އަދި ވިޝުއަލް އެވެއަރނެސް އެކުލެވޭ) ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމުގައި އެހީތެރިވުން

-          ޑިޕާޓްމަންޓުން ހިންގާ ޕްރޮގްރާމްތައް މާކެޓްކުރުމާއި ޕްރޮގްރާމް ފެށުމުގެ ކުރިން ޕްރޮގްރާމާގުޅޭ ކަންކަން ބައިވެރިންނާ އެކު ހިއްސާކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން

-          ޒަމާނާ އެކަށީގެންވާ ގޮތަށް އަދި މީޑިއާ މެދުވެރިކޮށް ބޭނުންކުރެވޭ ފެންވަރަށް އޮތޯރިޓީން ހިންގާ އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކުރުމާއި މީޑިއާ މެދުވެރިކޮށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

-          އޮތޯރިޓީން ލައިސަންސް ދޫކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިމްތިހާނުތަކުގައި ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޢާންމުކުރުމާއި އެފަރާތްތަކަށް ބާއްވާ އިމްތިހާނުތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން

-          ސީ.އެމް.ޑީ.އޭ ގެ އިންސްޓިޓިއުޓް ގެ މަސައްކަތްތައް ރާވާ ހިންގުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އެޕްލިކޭޝަން ފޯމު

-          ކަރިކިއުލަމް ވިޓާ (ސީވީ)

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-          ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

-          ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

 

ނޯޓު:

-          އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.

-          ވަޒީފާއަށް ހޮވޭފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަން ވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ  5  އަހަރު ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.

-           މީގެ ކުރިން އެހެން ވަޒީފާ އެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނުގެ ފަރާތުން މަސައްކަތް ކުރިކަމުގެ ލިއުން (މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަފައިވާ މިންވަރާއި، ހާޒިރީ އާއި ޗުއްޓީނަގާފައިވާ ގޮތުގެ ރިކޯޑް އެގޭނެ ގޮތަށް) ހުށަހަޅަންވާނެއެވެ.

-          މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

10 ރަޖަބު 1440

                                        17 މާރިޗު 2019

17 މާރިޗު 2019
ހޯދާ