މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލެ ބިޒްނަސް ސެންޓަރ ގެ އައު އޮފީސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

 އިޢުލާން

މާލެ ބިޒްނަސް ސެންޓަރ ގެ އައު އޮފީސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

މި މިނިސްޓްރީން ހިންގަމުންދާ އައި. ޑީ. ބީ ޕްރޮޖެކްޓްގެ މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް ހ. ސަކީނާ މަންޒިލް، ތިންވަނަ ފަންގިފިލާއިން ލިބިފައިވާ ޖާގައަށް ބަދަލުކުރުމާއި ގުޅިގެން އެތަނަށް ބޭނުންވާ އޮފީސް ފަރުނީޗަރު ހޯދުމަށް 13 މާރިޗް 2019 ގައި މިމިނިސްޓްރީން ކުރި އިޢުލާން ނަމްބަރ IUL)101-EP/1/2019/116)އަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 24 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގައި ބާއްވާ މަޢުލޫމާތު ސެޝަންއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމަތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 27 މާރިޗް 2019 ވާ ބުދަ ދުވަހުގެ 09.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333113 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމް އަދި ޕްރައިސް ޝެޑިއުލް ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

       13 ރަޖަބު 1440

20 މާރިޗު 2019
ހޯދާ