މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޝަހީދުންގެ ދުވަހުގެ ޖަލްސާގެ ބެކް ޑްރޮޕް، ލެޑްވޯލް، ސައުންޑް، ލައިޓް ހެދުން

 

 

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                          ނަމްބަރ: (IUL)10-F/10/2019/45

އިޢުލާން

   މިއަހަރުގެ ޝަހީދުންގެ  ދުވަހުގެ ރަސްމީ ޖަލްސާ 13 އޭޕްރީލް 2019 ވާ (ހޮނިހިރު) ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ބޭނުންވާ ބެކް ޑްރޮޕް ، ސައުންޑް ހަދައި އަދި ލެޑް ވޯލް ބަހައްޓައި ލައިޓް ހަރުކޮށް ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2019 ވާ  އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

20 މާރިޗު 2019
ހޯދާ