އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކްލީނަރ (މަސައްކަތު)

އިޢުލާން ނަންބަރު: AS/IUL/2019/005

މަޤާމް: ކްލީނަރ (މަސައްކަތު)

ޑިޕާޓްމަންޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ޝަރުތު:

  1. އިންޓަރވިއުއިން ފާސްވުން. ނުވަތަ، ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
  2. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން
  2. ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން
  3. ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދިވެސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން
  4. އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން
  5. ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/3200 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/1120 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)

 

ކުރިމަތިލުމުގެ ސުންގަޑި:  2019 މާރިޗު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-English.pdf

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-Dhivehi.pdf

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިންޓަރވިއުއޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުކުރުން 27 މާރިޗު 2019 އާއި 28 މާރިޗު 2019 އާ ދޭތެރޭގެ ތާރީޚެއްގައި އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މާރިޗު 2019
ހޯދާ