ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢްލާން                          

ވަޒީފާގެ ފުރުޞަތު

 

 ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

  ޑެޕިއުޓީ ކައުންސެލް ޖެނެރަލް

ރޭންކް:

  EX7/B

ސެކްޝަން/ޑިޕާޓްމަންޓް

  ލީގަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

  1

ތަޢްލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެމް.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 1 ރޭންކް، ނުވަތަ އެއަށްވުރެމަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތު:

-  ރައްޔިތުންގެ މަޖިލީހުގެ ކައުންސެލްޖެނެރަލްގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާން ކޮށްފައިވާ ކައުންސެލް ޖެނެރަލްގެ މަސްޢޫލިއްޔަތު ތަކުގެ ތެރެއިން ކައުންސެލް ޖެނެރަލް އެފަރާތާ ހަވާލުކުރާ މަސައްކަތްތައް ކައުންސެލް ޖެނެރަލްގެ އިރުޝާދުގެ ދަށުން ކުރުން.  

އުޖޫރަ:

- މަހަކު -/30,000 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 19 މާރިޗް 2019 ން 25 މާރިޗް 2019 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް:  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

 

ނޯޓް:ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމްތަކަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

                            12 ރަޖަބް 1440

                           19 މާރިޗް 2019    

19 މާރިޗު 2019
ހޯދާ