މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

 އިޢުލާނު

ޕްރޮގްރާމް އޮފިސަރ

2

މަޤާމު

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ގިންތި:

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން

ސެކްޝަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން/  މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 25,000/- ރުފިޔާ (މި މަޤާމަށް އިތުރުގަޑިއާއި އެހެނިހެން އެލަވަންސް ހަމަޖެހިފައެއް ނުވެއެވެ.)

މުސާރައާއި އެލަވަންސް:

 

ދިވެހިރާއްޖޭގެ 213 ސްކޫލުގައި ބޭނުންކުރާ ޓެބްލެޓްތަކުގެ ރިކޯޑު ބެލެހެއްޓުން.

ޓެބްލެޓުތައް މެނޭޖުކުރާ ސޯފޯސް ޕްލެޓްފޯމުގައި ސެކިއުރިޓީ ސެޓިންގތައް ހެދުމާއި، ގެންނަންޖެހޭ ބަދަލުތައް ވަގުތުން ވަގުތަށް ގެނައުން.

ޓެބްލެޓުތައް މެނޭޖުކުރާ ސޯފޯސް ޕްލެޓްފޯމުގައި ސްކޫލުތަކުގެ ރިކޯޑު އަދި ދަރިވަރުންގެ ރިކޯޑު ހެދުމާއި ގެންނަންޖެހޭ ބަދަލުތައް ވަގުތުން ވަގުތަށް ގެނައުން.

ޓެބްލެޓް މެނޭޖުކުރާ ޕްލެޓްފޯމުގައި ހަރުދަނާކަމާއެކު ޑިވައިސްތައް ބެލެހެއްޓުމާއި މިހާރަށްވުރެ ރަނގަޅުގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލައި، ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނެސް ބެލެހެއްޓުން.

ގޫގުލް ޖީސޫޓް ސެޓްއަޕް ކުރުމާއި، ޑިވައިސް މެނޭޖްމަންޓަށް ހަދަންޖެހޭ ސެކިއުރިޓީ ސެޓްއަޕްތައް ހެދުމާއި، ޓެބްލެޓް ޑިވައިސްތައް ބޭނުންކުރާ ސްކޫލުތަކުގެ އެކައުންޓްތައް ބެލެހެއްޓުން.

ޖީސުއިޓް އެކައުންޓުތަކުގައި ބޭނުންކުރާ އީމެއިލްތަކަށް ނުވަތަ އީމެއިލް އެކައުންޓްތައް ބޭނުންކުރާ ގޮތަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ބެލެހެއްޓުން.

ޓެބްލެޓް ޑިވައިސްތަކުގެ ސެކިއުރިޓީ ފަރުވާތެރިކަމާއެކު ބެލެހެއްޓުން

ޓެބްލެޓް ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތައް ގާތުން ބެލުމާއި، ސެކިއުރިޓީއާއި ދަރިވަރުންގެ ރައްކައުތެރިކަމަށްޓަކައި އެޕްލިކޭޝަން ބޭނުންކުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

ދަރިވަރުންނަށް ރައްކައުތެރިކަމާއެކު ޑިޖިޓަލް ސްކޫލް ބޭނުންކުރުމަށް ބޭނުންވާނެ ނުވަތަ އެހީވެދޭނެ އެޕްލިކޭޝަނާ ބެހޭގޮތުން ލަފާދިނުމާއި، އެފަދަ އެޕްލިކޭޝަންތައް ކަރިކިއުލަމް ޑިވެލޮޕަރުންގެ ލަފައާ އެއްގޮތަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން.

ޓެބްލެޓް ޑިވައިސްތަކުގެ ބޭނުން ނަހަމަގޮތުގައި ކުރާކަމަށް ފާހަގަކުރެވޭނަމަ އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އެއް ސްކޫލުން އަނެއް ސްކޫލަށް ޓެބްލެޓް ޑިވައިސް ބަދަލުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުން

ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ޢަމަލީ މަސައްކަތްކުރާ ފަރާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ރޭވުމާއި، ހިންގުމާއި ބެލެހެއްޓުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ޑޭޓާސެންޓަރުގައި ހުންނަ މައި ޑިވައިސްތައް ކޮންމެ ދުވަހަކު މޮނީޓަރކުރުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކު ބޭނުންކުރާ 213 ސްކޫލުގައި ހުންނަ ޑިވައިސްތައް ޤަވާޢިދުން ކޮންމެ ދުވަހަކު މޮނީޓަރކުރުމާއި، ހުރިހާ ސްކޫލެއްގައި ހަރުކޮށްފައިވާ ޑިވައިސްތަކުގެ ޙާލަތު ބެލުމާއި، މައްސަލައެއް އުޅޭނަމަ އެ ޑިވައިސް އެއް ހުރި ސްކޫލަކާގުޅައިގެންނާއި އަމިއްލައަށް މައްސަލަ ޙައްލުކުރުން. އަމިއްލައަށް ޙައްލު ނުކުރެވޭ މައްސަލަތައް، ނެޓްވަރކް ބަލަހައްޓާ ފަރާތާގުޅައި، މައްސަލަ ޙައްލުކުރެވޭނޭ ގޮތް ހޯދައި، މައްސަލަ ވީ އެންމެ އަވަހަށް ޙައްލުކޮށް ނިންމުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ފަޔަރވޯލް މޮނީޓަރކުރުމާއި، ރައްކައުތެރިކަމާއެކު ދަރިވަރުންނަށް ނެޓްވަރކް ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ޓްރެފިކް މޮނީޓަރ ކުރުމާއި، ޓްރެފިކް ޝޭޕްކުރުމުގެ މަސައްކަތްތައް ކުރުމާއި، ނެޓްވަރކުގެ ބޭންޑްވިޑްތް މޮނީޓަރ ކުރުމާއި، ލޯޑު ބެލެންސް ކުރުމާއި، ބޭންޑްވިޑްތް މެނޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ އޮންލައިން އަދި އޯފްލައިން ކޮންޓެންޓް މެނޭޖްކުރުމުގެ މަސައްކަތް.

ސްކޫލުތަކުގައި ހަރުކޮށްފައި ހުންނަ ކޮންޓެންޓް ކޭޝްބޮކްސް ބެލެހެއްޓުން.

ދިމާވާ ކަމަކާގުޅިގެން ސްކޫލަކަށް ގޮސް ޙައްލުކުރަންޖެހޭ ކަންތައްތަކަށް އެ ސްކޫލަކަށް ގޮސް ޙައްލުކުރުން.

ޑިޖިޓަލް ސްކޫލަށް ބޭނުންވާ ކޮންޓެންޓް މަސައްކަތްތަކުގައި، ކަރިކިއުލަމް ޑިވެލޮޕްކުރާ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޑިޖިޓަލް ސްކޫލު ނެޓްވަރކު އަދި ނެޓްވަރކުގައި ބޭނުންކުރާ ޑިވައިސްތަކުގެ ކަންތައްތަކާ ގުޅިގެން ސްކޫލުތަކުން ފޮނުވާ އީމެއިލް، މެސެޖު، ސިޓީ، ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ދުވަހުން ދުވަހަށް ކަންތައްތައް ޙައްލުކޮށް ނިންމުން.

ސަރުކާރުގެ ނުރަސްމީގަޑީގައި އަދި ބަންދު ދުވަސްތަކުގައި އޮން-ކޯލުގައި ހުރުން.

ސައުކާރުގެ ރަސްމީ، ނުރަސްމީ އަދި ބަންދު ދުވަސްތަކުގައި އަންނަ ފޯނަށް ޖަވާބު ދިނުން، ވަގުތުން ޖަވާބު ނުދެވިދާ ކޯލަކަށް އަލުން ގުޅުން، އަދި ފޯނު މެދުވެރިކޮށް މަތީގައިވާ ކަންތައްތަކާގުޅޭ ސަޕޯޓު ދިނުމާއި ފޯނު މެދުވެރިކޮށް އެކަންކަން ޙައްލުކޮށްދީ، ސްކޫލުތަކަށް ދަތިނުވެ މަސައްކަތް ކުރިއަށް ގެންދެވޭނެގޮތް ހަމަޖެއްސުން.

ކުއްލިއަކަށް އަވަހަށް ނިންމުމަށް ޙަވާލުކުރެވޭ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ދީގެން މަސައްކަތްކުރުން.

ޑިޖިޓަލް ސްކޫލު ޕްލެޓްފޯމު އިތުރަށް ތަރައްޤީކޮށް އަދި ފުޅާކުރުމަށް ދިރާސާކުރުމާއި، ހެޔޮގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އިތުރަށް ކުރެވޭނެ ކަންތައްތައް ހޯދައި ވެރިންގެ ލަފާގެމަތިން ޕްލެޓްފޯމު ޒަމާނީކުރުން.

ސިޓީ، އީމެއިލް، މެސެޖު، ތަކެތި ހޯދުމަށް އަގު ބެލުމާއި ސްޕެސިފިކޭޝަން ތައްޔާރުކުރުން ކަހަލަ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

އައިޓީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ

އައިޓީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު އައިޓި ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ޝަރުޠު:

  

ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ސޯފޯސް ޑިވައިސް މެނޭޖްމަންޓް ޕްލެޓްފޯމު ބޭނުންކުރަން އެނގުން

ގޫގުލް ޖީސޫޓް މެނޭޖްކުރަން އެނގުން

ޢަމަލީ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި އެކަންކަމުގެ ފެންވަރު އަދި މިކަންކަން ބަޔާންކޮށްދޭ ލިޔެކިޔުން

ޢަމަލީ މައިދާނުގައި ކުރިމަތިވާ ކަންކަމަށް ޙައްލު ހޯދުމުގެ ޤާބިލުކަމާއި، ކުޅަދާނަކަމާއި، ސިފަތައް

ބަދަލުވަމުންދާ މާޙައުލެއްގައި ކަންކަމާއި ކުރިމަތިލައި، ކަންތައްތައް ނިންމުމުގެ ޤާބިލުކަން

މީހާގެ އަޚުލާޤު، ތެދުވެރިކަން، މަސައްކަތުގެ އަޚުލާޤު، ހީވާގިކަން، ހުނަރުވެރިކަން، އުފެއްދުންތެރިކަން، ކަމަށް ކަމޭހިތުމާއެކު ކަމާވެގެން މަސައްކަތުގައި އުޅޭ މިންވަރު، ކުރީގައި ކޮށްފައި ހުރި މަސައްކަތްތަކަށް ސަމާލުކަން ދީފައިވާ އަދި ފުރިހަމަކޮށް ކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު

ގަޑިއަށް ފަރުވާބަހައްޓާ މިންވަރު، ގިނަ ވަޤުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކަށްވުން

ސަރުކާރުގެ ނުރަސްމީ ގަޑިއާއި ބަންދު ދުވަސްތަކުގައިވެސް ސްކޫލުތަކުން އަންނަ ފޯނުކޯލަށް ޖަވާބު ދިނުމާއި، ސްކޫލުތަކުން އެކި ކަންކަމުގައި ގުޅާ ކަންތައްތަކަށް ފުރިހަމައަށް އެޓެންޑްވުމާއި ޙައްލު ހޯދައިދެވޭނެ މީހަކަށްވުން

މަސައްކަތާ ގުޅޭގޮތުން ރަށުން ބޭރަށް ކުރު އަދި ދިގު ދަތުރުގައި ދެވޭނެ މީހަކަށްވުން

ވަޒީފާއާ ގުޅޭ މަސައްކަތް ކޮށްފައިވާ އަދި ގުޅޭ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަސައްކަތަށް އެންމެ އެކަށީގެންވާ ޤާބިލު މީހަކު ހޮވުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                

ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން www.moe.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ،  3321201 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 މާރިޗު 2019 އާއި  07 އޭޕްރީލް 2019 އާ ދެމެދު، ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341298 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

19 މާރިޗު 2019
ހޯދާ