ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ޕަވަރގޭޓް 1.5 ޓަނުގެ ކޮޅުވެއްޓީ ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދުން:

މިއިދާރާއަށް ޕަވަރގޭޓް 1.5 ޓަނުގެ ކޮޅުވެއްޓީ ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދުން:

 

1. މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ޕަވަރގޭޓް 1.5 ޓަނުގެ ކޮޅުވެއްޓީ ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއިދާރާގެ ވެބުސައިޓް www.fncl.gov.mv ގައި ޑައުންލޯޑްސްގެ ދަށުން ފޯރުކޮށްދީފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2019 މާރިޗް 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން  ތިރީގައިވާ އެޑްރެސްއަށް މެއިލްކުރުމުން ރަޖސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

 

3. މިބީލަމާއި ގުޅިގެން ޕުރީބިޑް މީޓިންގްއެއް ނޯންނާނެއެވެ. އަދި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2019 މާރިޗް 30 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެސް އަށް ސިޓީ/ މެއިލް ފޮނުއްވުން އެދެމެވެ. މެއިލް / އަދި ސިޓީތަކުގެ ޖަވާބު 2019 މާރިޗް 31 ވަނަ ދުވަހުގެ ކުރިން ބީލަމުގައިރަޖިސްޓްރީ ވެވަޑައިގަތުމަށް ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

4. މިބީލަމާއި ގުލޭ މައުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓް އިން 2019 މާރިޗް 14 ން ފެށިގެން ޑައުންލޯޑް ކުރެވޭނެއެވެ.

 

5.  .ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 މާރިޗް 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ، އިއުލާން  ނަންބަރާއި ޕުރޮޖެކުޓްގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ،

6.  ހުށަހަޅާ އަންދާސީ ހިސާބު ތައް ވަޒަންކުރާނޭ މިންގަޑާއި ބީލަމާއި އެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލް ބީލަމާއި ގުލޭ މައުލޫމާތު ކަރުދާހުގައި ހިމެނިފައި ވާނެއެވެ.

7. އިތުރު މައުލޫމާތު ތިރީގައި މިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފޯން 6740016

އީމެއިލް fnilandhoo @live .com  

 

 

11  ރަޖަބު     1440 

18 މާރިޗް      2019   

18 މާރިޗު 2019
ހޯދާ