ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޓޯނަރ އާއި ކާޓްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޓޯނަރ އާއި ކާޓްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ނަންބަރު:MNU-CA-PAMD/2019/12  އަށް 3 ފަރާތުން އިޖާބާދީފައިނުވާތީ އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
  2. މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް 2019 މާރިޗު 24 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މާރިޗު 27 ވާ ބުދަ ދުވަހުގެ 11:30 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  3. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

12 ރަޖަބު  1440

19 މާރިޗު  2019

 

 

 

 

19 މާރިޗު 2019
ހޯދާ