ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް އައި.ޑީ ކާޑު ހެދުމާބެހޭ

 ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ކާޑު ހައްދަވައި ނިންމެވުމަށް ދެންނެވީމެވެ. ވޯޓްލުމަށް ކަނޑައެޅިފައިވާ ދުވަހާ ކައިރިކޮށް ގިނަ ބަޔަކު ކާޑު ހެއްދުމަށް ހުށަހަޅައިފިނަމަ، އެ އެންމެންގެ ކާޑު ނިންމާ ޙަވާލު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށްޓަކައި ދުރާލާ ކާޑު ހެއްދުމުގެ ކަންތައް ނިންމަވައިގެން ތިއްބެވުމަށް ދެންނެވީމެވެ. އަދި ކާޑު ހެއްދެވުމަށްފަހު، ބައެއް ފަރާތްތަކުގެ ކާޑު ނުނަންގަވާ މިޑިޕާޓްމަންޓްގައި ހުރިކަންވެސް ފާހަގަ ކުރަމެވެ.

ވީމާ، މިކާޑުތަކުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ކާޑު ވެވަޑައިގެން އެންމެ އަވަސް ފުރުޞަތެއްގައި ނަންގަވައި ނިންމެވުމަށް ދެންނެވީމެވެ.

19 މާރިޗު 2019
ހޯދާ