ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
02 ޓްރާންސްފޯމަރ އަދި 02 ޓްރާންސްފޯމަރއަށް ބޭނުންވާ ތަކެތި ގަތުމާއި ގުޅޭ

ނަންބަރ:FNK-I/IUL/2019/067

 

އިޢުލާން

02 ޓްރާންސްފޯމަރ އަދި 02 ޓްރާންސްފޯމަރއަށް ބޭނުންވާ ތަކެތި ގަތުމާއި ގުޅޭ

      މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް 02 ޓްރާންސްފޯމަރ އަދި 02 ޓްރާންސްފޯމަރއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗް 2019  ވާ ހޯމަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

      މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000.00 ޔޫ.އެސް.ޑޮލަރު (ފަނަރަ ހާސް ޔޫ.އެސް.ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެވެ. ޗެކް ވާންވާނީ ބެންކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

25 މާރިޗް 2019 ގައި

12:00

އަގު ހުށަހެޅުން

04 އެޕްރީލް 2019 ގައި

12:00

 

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގެ ސެކްޝަން ( c ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              11 ރަޖަބު  1440

              18 މާރިޗް  2019

 

18 މާރިޗު 2019
ހޯދާ