ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށުގައި ތާރާވީހް ނަމާދުކުރާނެ ހާފިޡަކު ހޯދުމަށް ބޭނުންވެއްޖެ.

                1440 ވަނަ އަހަރުގެ ރަމަޟާންމަހު ހއ.ބާރަށުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޒަކު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމުގެ ޙަރަދު ހިމަނައިގެން މި އދާރައަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

  • ހާފިޡުގެ ޤައުމު އެނގޭހެން ޓިކެޓް ޙަރަދު (ރާއްޖެއައުމާ އެނބުރި ޤައުމަށް ފޮނުވުމުގެ ޙަރަދަ)
  • ދަތުރު ޙަރަދު (ރާއްޖެއާއި ބޭރުގެ އެއްތަނުން އަނެއްތަނަށްކުރާ ދަތުރު ޙަރަދު)
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު.
  • ވިސާއާއި އިންސިއުރަންސް މަސައްކަތުގެ ޙަރަދު.

 

                ކޯޓޭޝަން ހުށަހަޅާނީ ރަސްމީ ގަޑީގައި ހއ.ބާރަށު ކައުންސިލް އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް [email protected]  އަށެވެ.

 

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                10 ރަޖަބު 1440

                 17 މާރިޗު 2019

17 މާރިޗު 2019
ހޯދާ