މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި މިނިސްޓްރީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ 2017 އަދި 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 2019 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގަ އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  3. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193,3341227

އީ-މެއިލް: [email protected]

17 މާރިޗު 2019
ހޯދާ