އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ބިލްޑިންގ ގެ ގްރައުންޑް އަދި މެޒަރިން ފްލޯގައި ކެފެޓީރިއާއެއް ހިންގާނެފަރާތެއް ހޯދުން

އިޢުލާން

 

ދަރުމަވަންތަ ބިލްޑިންގ ގެ ގްރައުންޑް އަދި މެޒަރިން ފްލޯގައި ކެފެޓީރިއާއެއް ހިންގާނެފަރާތެއް ހޯދުމަށް 12 ފެބްރުއަރީ 2019ގައި ކޮށްފައިވާ ނަމްބަރު  137-IU/PR/2019/01 އިޢުލާނުގެ މައުލޫމާތު ބަދަލުވުމާއި ގުޅިގެން އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލުން

 

 

މިބީލަމުގައި ބައިވެރިވުމަށް ކުރިން ޝައުގުވެރިވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބީލަން ފޮތްދޫކުރުމާއި  އަދި މިބީލަމުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓުންނެވެ. ބީލަންފޮތް ދޫކުރަން ހަމަޖެހިފައިވަނީ  24 މާރިޗު 2019 އިން ފެށިގެން 28 މާރިޗު 2019ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 13:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.

ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ  01 އޭޕްރިލް 2019 ވާ އާދީއްތަ  ދުވަހު 13:00 ގައެވެ. ބީލަމާއިގުޅޭ މައުލޫމާތު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނޯންނާއެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ  14 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައެވެ.

               

             10 ރަޖަބް 1440

             17 މާރިޗު 2019

17 މާރިޗު 2019
ހޯދާ