ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ "ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އަށްބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ލ.އިސްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ (IUL)395-02/395/2019/10 (13 ފެބުރުއަރީ 2019) އިޢުލާން އިޖާބަދީ، ޙާޟިރުވީ އެންމެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

         

             މިއިދާރާގެ ފަރާތުން ހިންގަމުންގެންދާ"ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިދާރާއަށް ޑީސަލް ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން، 26 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. އެ ސިޓީގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ސިޓީތައް (އަންދާސީ ހިސާބުތައް) ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

  1. މަހަކު 200 ލީޓަރ ޑީސަލް "ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އާއި ހަމައަށް ސަޕްލައިކޮށްދެވޭނެ އަގު.
  2. އަގު ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް.
  3. އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    
  4. ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަޖުރިބާގެ ލިޔުން.
  5. ގުޅޭނެ ނަމްބަރ.
  6. ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 
  7. ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

 

ނޯޓް: މިކަމަށް އެދި އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކާއެކު މި އިދާރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުންހަދައި އެފަރާތަކަށް ޑީސަލް ސަޕްލައިކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާރިޗު 2019
ހޯދާ