މަޤާމް:
|
ޑެންޓަލް އެސިސްޓެންޓް
|
މަޤާމުގެ ނަންބަރު:
|
J-267669, J-267675
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލެވަންސް:
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
-/700 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބަލިމީހުން ބައްލަވާ ފަރުވާދެއްވަން ތިއްބަވާ ޑެންޓަލްސާރޖަންސް، ޑެންޓަލް ސްޕެޝަލިސްޓުންނާއި ހައިޖީނިސްޓުން އަދި ޓެކްނީޝަނުން ކުރައްވާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޑިޕާރޓްމަންޓުގައި ބޭނުންކުރެވޭ ކޮނަސިއުމަބަލްސް ފަދަތަކެތި އިސްރާފް ނުވާނޭ ގޮތް ބަލައިގެން ބޭނުންކުރުން.
- ޑިއުޓީއަދާކުރާ ކޮޓަރިއެއް ސާފުތާހިރުކޮށް ބެލެހެއްޓުން. އަދި ޑިއުޓީ ނިންމާފައި ހޭންޑް ޕީސްތަކަށް ތެޔޮޖެހުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ ހުއްދަ ދެވިފައިވާ މުވައްޒަފުން ޑިޕާރޓްމަންޓުން ހަމަޖައްސަވާ ޤަވާއިދަކުން ޒިންމާދާރުގޮތެއްގައި އޮފީސް ހުޅުވާ، ލެއްޕުން (ބަންދުކުރާގަޑީގައި އޮފީހުގެ ހުރިހާ ދިއްލުންތަކެއް ނިވާލާ ތަޅުދަނޑި ސެކިއުރިޓީ އޮފީހާއި ޙަވާލުކުރުން.)
- ޑެންޓަލް އެޕޮއިންޓްމަންޓްހެދުމާއި، މެމޯދޫކުރުމާއި، ފަރުވާއަށްފަހު ފައިސާބަލައިގަތުން.
- ސާރޖަރީގައި މަސައްކަތްކުރާއިރު ލެބްކޯޓުލުމާއި، މާސްކްއެޅުމާއި، އަންގިލެއްވުންފަދަ ރައްކާތެރިވުމުގެގޮތުން ކުރަންޖެހަޭ ހުރިހާކަމަކަށް ފަރުވާތެރިވުން.
- ޑެންޓަލް ޑިޕާރޓްމަންޓުގައި ބޭނުންކުރާ އިންސްޓްރޫމަންޓްތައް ދޮވެސާފްކުރުމާއި، ސްޓެރަލައިޒްކުރުމާއި އޮޓޯކްލޭވްކުރުން.
- ބަލިމީހުންނާ ބެހޭ ލިޔެކިޔުންތައް ޑިޕާޓްމަންޓުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ލިޔެެ ބެލެހެއްޓުމާއި މަސައްކަތު ރިޕޯޓް ތައްޔާރުކުރުމާއި، ޕޭޝަންޓުންގެ ޑެންޓަލް ރެކޯޑް ބެލެހެއްޓުން.
- ޑިޕާރޓްމަންޓުން ހަމަޖައްސަވާ އުސޫލެއްގެ މަތިން ޤަވާއިދުން ޑެންޓަލް އިންސްޓްރޫމަންޓްތަކާއި އިކްއިޕްމަންޓްތައް (ޑެންޓަލް ޗެއަރ، ސެކްޝަން ޔުނިޓް، އެކްސްރޭ ޑިވެލޮޕަރ، ހޭންޑްޕީސް، އިލެކްޓްރޯ ސާރޖިކަލް ޔުނިޓް، ސްކޭލިންގ މެޝިންފަދަތަކެތި) މެއިންޓެއިންކުރުން.
- މީގެ އިތުރުން ޑިޕާރޓްމަންޓުގެ ވެރިންނާއި،ޑެންޓަލްސާރޖަނުން އަދި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަނުން އަންގަވާ އޮފީސް މަސައްކަތް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
ސަޕޯޓް އޮފިސަރ (ޖީ.އެސް 1 އިން ޖީ. އެސް 4 އަށް)
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
|
ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތަޢުލީމު
|
35
|
35
|
40
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
އިމްތިޙާން
|
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
|
33
|
10
|
10
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު /ޕްރެކްޓިކަލްސް
|
100
|
45
|
45
|
ޖުމްލަ
|
210
|
100
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 މާރިޗް 2019 އާއި 11 އޭޕްރީލް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
07 ރަޖަބް 1440
14 މާރިޗް 2019
|