މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސަރވަރ ލައިސަންސް

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

އެމް.އެން.ޑީ.އެފްގައި ބޭނުންކުރަމުންއަންނަ ސާވަރތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

   ވީމާ، މިމަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2019 މާރޗް 18 ވަނަ ދުވަހުގެ 12:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2019 މާރޗް 20 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2019/14 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިވާ ނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

 

‏‏7‏ ރަޖަބު‏ 1440

‏14‏ މާރޗް‏ 2019

14 މާރިޗު 2019
ހޯދާ