މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ އަންހެނުން ނަމާދުކުރާބައިގެ ހެދުމާއި ބެހޭ

މިރަށު މަސްޖިދުއްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ އަންހެނުން ނަމާދުކުރާބައި މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އެސްޓިމޭޓް ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އިގޭފަދަ ލިއުމަކާއި އެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިގޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

އެސްޓިމޭޓް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މިހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިއުމެއްނެތި ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެސްޓިމޭޓްތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ އެސްޓިމޭޓްތައް ބަލައި ނުގަންނާނެކަމާ، އަދި މަޢުލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާޠިލް ވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާރިޗު 2019
ހޯދާ