މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލެ ބިޒްނަސް ސެންޓަރ ގެ އައު އޮފީސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

   އިޢުލާން

 މާލެ ބިޒްނަސް ސެންޓަރ ގެ އައު އޮފީސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

މި މިނިސްޓްރީން ހިންގަމުންދާ އައި. ޑީ. ބީ ޕްރޮޖެކްޓް ގެ މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް ހ. ސަކީނާ މަންޒިލް، ތިންވަނަ ފަންގިފިލާއިން ލިބިފައިވާ ޖާގައަށް ބަދަލުކުރުމާއި ގުޅިގެން އެތަނަށް ބޭނުންވާ އޮފީސް ފަރުނީޗަރު ހޯދުމަށް އިއުލާންކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 17 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 13.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް ހުންނަ އިމާރާތުގައި) ބާއްވާ މަޢުލޫމާތު ސެޝަންއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމަތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 20 މާރިޗް 2019 ވާ ބުދަ ދުވަހުގެ 10.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގެ (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް ހުންނަ އިމާރާތުގެ) 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333113 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމް އަދި ޕްރައިސް ޝެޑިއުލް ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

14 މާރިޗު 2019
ހޯދާ