އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
35 ވަނަ އަހަރީދުވަހުގެ ފޮޓޯ މައުރަޒު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރ. އުނގޫފާރު،ދިވެހިރާއްޖެ

                                                      ނަމްބަރ:URH/IUL/2019/03

 

އިޢުލާން

 

35 ވަނަ އަހަރީ ދުވަހުގެ ފޮޓޯ މައުރަޒު

 

        މި ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހޮސްޕިޓަލާއި ރ.އަތޮޅުގެ ސިއްހީ ހިދުމަތުގެ  ތާރީހީ ފޮޓޯ މައުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ފޮޓޯ މައުރަޒަށް ފޮޓޯ ހުށަހެޅުމުގެ ފުރުޝަތު އާއްމުކޮށް ހުޅުވާލަމެވެ. މި މައުރަޒަށް ހުށަހެޅޭ ފޮޓޯތައް އަނބުރާ ވެރިފަރާތަށް ރައްދުކުރެވޭނެއެވެ. ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިވެ. ހުށަހެޅޭ ފޮޓޯ ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

1 ވަނަ އަށް ( 3000 ރުފިޔާ )

2 ވަނަ އަށް ( 2000 ރުފިޔާ )

3 ވަނަ އަށް ( 1000 ރުފިޔާ )

           ވީމާ ފޮޓޯ ހުށަހެޅުމަށް  ސައުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން މެނދުރު 14.00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ފޮޓޯ ހުށަހެޅުއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މި ހޮސްޕިޓަލްގެ އީމެއިލް [email protected]  އަށް ފޮނުވުމުންވެސް ފޮޓޯ ބަލައިގަނެވެނެއެވެ. ފޮޓޯ ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯންނަމްބަރ ހިމަނަންވާނެއެވެ. ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚްއަކީ 28 މާރޗް 2018 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7609567 އަށް ގުޅުއްވުން އެދެމެވެ.

 

                  07 ރަޖަބު 1440 

                  13 މާރިޗް 2019

    

13 މާރިޗު 2019
ހޯދާ