ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިނަކޮށާ މެޝިނެއް ހޯދުމަށް.

މިއިދާރާއަށް ވިނަކޮށާމެޝިނެއް ގަތުމަށް 2018 ވަނަ އަހަރު އެކި ފަހަރު މަތީން އިޢުލާންކުރިނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ވިނަކޮށާ މެޝިނެއް ގަތުމަށް އަލުން އިޢުލާންކުރީމެވެ.   

ވީމާ މިއިދާރާއަށް ވިނަކޮށާ މެޝިނެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ. 

އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

1 ވިނަކޮށާމެޝިން

Riding Lawn Tractor Mower

Petrol Lawn Tractor 102cm Series                                                                                                                           

Product Description

ENGINE

B&S  

B&S

Horsepower

17.5 HP

17.5HP

Driver type

Foot/hand control

Foot/hand control

Cylinders

1

1

Displacement

500cc 

500cc 

Oil Capacity

1.7L

1.7L

Ignition

Electronic

Electronic

Fuel Tank Capacity

4L

4L

Transmission Type

Hydro-Gear

Hydro-Gear

Forward Speed

0-10kph

0-10kph

Reverse Speed

0-5kph

0-5kph

Deck Cutting Width

102cm

102cm

Number Of Blades

2

2

Mower Cutting Height Range

30 -90 mm/7 Positons

30 -90 mm/7 Positons

Mower Clutch

Electric

Electric

Tires-Front

15"×6-6 Turf

15'×6-6 Turf

Tires-Rear

18"×8.5-8 Turf

18"×8.5-8 Turf

Wheeltrack-Front

900 mm

900 mm

Wheeltrack-Rear

930 mm

930 mm

Overall Weight

240 Kg

240 Kg

Grass Catcher

300L

300L

Packaging Size

1980*1135*860mm

1980*1135*860mm

 އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ 6865001 ނަންބަރު ފޯނަށް ގުޅުއްވުމުން ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދޭގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

1- އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިއުންތައް:

(ހ) ފުރިހަމަކޮށްފައިވާ އަގުހުށަހަޅާ ފޯމް ( އަގުހުށަހަޅާ ފޯމުގައި މިއިދާރާ އަށް މުދާ ސަޕްލައި ކޮށްދެވޭނެ މުއްދަތު ޖަހަންވާނެއެވެ.)

(ށ) ޕްރޮފައިލް

(ނ) ވޮރެންޓީ ލެޓަރ ( މަދުވެގެން 01 އަހަރުގެ ވޮރަންޓީދޭންވާނެއެވެ. އަދި ވޮރަންޓީ މުއްދަތުގައި

    ވޮރަންޓީގެ ދަށުން ކޮށްދޭނެ ކަންތައްތައް ބަޔާންކުރަންވާނެއެވެ. )

(ރ) މާލީ ގާބިލްކަން ބަޔާންކޮށްދޭ ލިއުން  

(ބ) ތަޖްރިބާ ބަޔާންކޮށްދޭ  ލިއުން.  ( ޕޮއިންޓް ދެވޭނީ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ރަސްމީ އިދާރާ އަކުން

    ތައްގަނޑު ޖަހާފައިވާ ލިއުންތަކަށެވެ. ) 

(ޅ) ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަންގެ ކޮޕީ

(ކ) ޖީ އެސް ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ

(އ) ޖީއެސްޓީ ނަންބަރ

(ވ) ހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަނާއި ،  ކުލަފޮޓޯ

(ވ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި މިއިދާރާގެ މުވައްޒަފަކާ ގާތްތިމާގެ ކަމުގެ ގުޅުމެއްވާނަމަ ނުވަތަ ވިޔަފާރީގެ ގުޅުމެއްވާނަމަ އެގުޅުމެއްގެ މިންވަރު އަންގައިދޭ ލިއުން.

2- ޕޮއިންޓް ދެވޭނެގޮތް

2.1- ޖުމްލަ  އަގު  65 ޕޮއިންޓް

(ހުށަހަޅާ އަންދާސީ ހިސާބުގެ ޖުމްލަ އަގު އެންމެކުޑަފަރާތަށް އެންމެގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން)

2.2- މުއްދަތު 10  ޕޮއިންޓް :

        (  ހުށަހަޅާ އަންދާސީ ހިސާބުގެ އެންމެކުރު މުއްދަތު  ހުށަހަޅާފަރާތަށް އެންމެގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން)

2.3- މާލީ ގާބިލްކަން 10 ޕޮއިންޓް:

( ހުށަހަޅާ އަންދާސީ ހިސާބުގެ އެންމެކުޑައަގުގެ %50 ބޭންކް ސްޓޭޓްމަންޓްގައި ހުރި ފަރާތްތަކަށް 10 ޕޮއިންޓް، ހުށަހަޅާ އަންދާސީ ހިސާބުގެ އެންމެ ކުޑަ އަގުގެ %30 އާއި % 49 އާއި ދެމެދު ބޭންކް ސްޓޭޓްމަންޓްގައި ހުރި ފަރާތްތަކަށް 8 ޕޮއިންޓް ، ހުށަހަޅާ އަންދާސީ ހިސާބުގެ އެންމެ ކުޑަ އަގުގެ %29 އާއި އާއި ދެމެދު ބޭންކް ސްޓޭޓްމަންޓްގައި ހުރި ފަރާތްތަކަށް 6 ޕޮއިންޓް. ހުށަހަޅާ އަންދާސީ ހިސާބުގެ އެންމެ ކުޑަ އަގުގެ އިން ދަށުގެ ޢަދަދު ބޭންކް ސްޓޭޓްމަންޓްގައި ހުރި ފަރާތްތަކަށް މާލީ ގާބިލްކަމަށް ޕޮއިންޓް ނުދެވޭނެއެވެ. 

2.4-ތަޖްރިބާ 15 ޕޮއިންޓް 

(ތަޖްރިބާގެ 10 ލިއުން ހުށަހަޅާ ފަރާތްތަކަށް 15 ޕޮއިންޓް ، 10 ލިއުމަށް ވުރެ މަދުން ހުށަހަޅާ ފަރާތްތަކަށް  ކޮންމެ ލިއުމަކަށް 1.5 ޕޮއިންޓް ) 

(ށ) ސަޕްލައިކޮށްދިންކަން އެގެން ނެތް ލިއުންތަކާއި ، އަސްލާ އެއްގޮތް ކަން އަންގައިދެވެން ނެތް ލިއުންތަކަށް ޕޮއިންޓް ނުދެވޭނެއެވެ.

12 މާރިޗު 2019
ހޯދާ