ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ސިއްޙީމަރުކަޒަށް އިތުރުކުރާބައިގެ މަގުފާރު ރޭނުމާއި، މަރުކަޒުގެ ބައެއްމަރާމާތުކުރުން

ތ. ގުރައިދޫ ސިއްޙީމަރުކަޒަށް އިތުރުކުރާބައިގެ މަގުފާރުރޭނުމާއި،މަރުކަޒުގެ ބައެއް މަރާމާތުކުރަން މިއިދާރާއިން ދެއްވާ ކުރެހުމާއި،މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތިގައި ކޮށްދޭނެ ފަރާތެއް  ހޯދަންބޭނުންވެއްޖެއެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ތ. ގުރައިދޫ ކައުންސިލް އިދާރާއަށް ހާޞިރުވެ މަޢުލޫމާތު ސާފްކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފްކުރުން

ތ. ގުރައިދޫ ކައުންސިލްގެ އިދާރާ

19 މާރިޗް 2019

އަންގާރަ

10.00

އެސްޓިމޭޓް ހުށަހެޅުން

ތ. ގުރައިދޫ ކައުންސިލްގެ އިދާރާ

26 މާރިޗް 2019

އަންގާރަ

10.00

 

               މަޢުލޫމާތު ސާފްކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޤާނޫނު (18/2014) ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކަށެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.  އަދި މަޢުލޫމާތު ސާފްކުރުމަށް އަދި ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ބޭފުޅުން ބައިވެރި ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

11 މާރިޗު 2019
ހޯދާ