އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

c

ANGOLHITHEEM SCHOOL                                                       އަނގޮޅިތީމް ސްކޫލް   

ރ.އަނގޮޅިތީމް                                                                R.Angolhitheem   ދިވެހިރާއްޖެ                                                                 Republic of Maldives

 

                                                               ނަމްބަރ:GS125/IUL/2019/06

އިޢުލާން

 

ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ

 

            މިސުކޫލުގެ  އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް 14 ޖެނުއަރީ 2019 ގައި ކުރި އިޢުލާން ( އިޢުލާން ނަންބަރ GS125/IUL/2019/04 ) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވި އެއްވެސް ބޭފުޅަކު އަންދާސީ ހިސާބު ހުށައަޅައިފައިނުވާތީ، ސްކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.

  • މަޢުލޫމާތު ދިނުން:     

       މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 21 މާރިޗު 2019ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު  13:30އަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

        ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ  26 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލް އޮފީހުގައެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، "ސުކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

                                                   04 ރަޖަބު  1440  

                                                  11 މާރިޗު 2019

 

 

 

 

 

 

 

11 މާރިޗު 2019
ހޯދާ