މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން

 

                                                              ނަންބަރ: MTCC-PD/IU/2019/0033                                                                            

 

އިޢުލާން

 

އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:

            އެމްޓީސީސީ ގެ ފެންނާ ގިމަތަ (އެމްޓީސީސީ ހުޅުމާލެ-މާލެ ޓާމިނަލް) އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 

                    

    03 ރަޖަބް 1440

     10 މާރިޗް 2019

 

10 މާރިޗު 2019
ހޯދާ