ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ޢިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ލ. ފޮނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޢިމާރާތް މަރާމާތުކުރުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު  (IUL)401-C/401/2019/6 (10 ފެބުރުއަރީ 2019) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                 ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  ބީލަމާއި ގުޅޭ މަޢުލޫމާތު އަދި ބީލަން ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

06 މާރިޗު 2019
ހޯދާ