ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން.

ގދ.މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން.

 ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން، (ނަމިރާ އަދި ވެލިރެސް ގޯތީގެ އިރުމަތިން) "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" 1000 (އެއްހާސް) އަކަފޫޓްގެ 03 (ތިނެއް) ބިން ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލުން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މިބިންތަކާއި ބެހޭގޮތުން މަޑަވެލި ކައުންސިލުން ތައްޔާރު ކޮށްފައިވާ ބިޑްފޯމުސެޓް (މަޢުލޫމާތު ކަރުދާހާއި ބިމުގެ ކުރެހުން އަދި ބިޑްހުށަހަޅާ ފޯމު) 2019 މާރޗް 10 ވަނަ ދުވަހުން ފެށިގެން 2019 މާރޗް 12 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ބިޑް ފޯމް ސެޓެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ބީލަން ހުށަހަޅަންވާނީ ފައިސާދެއްކި ކަމަށް މިކައުންސިލުން ތައްގަޑު ޖަހާފައި ދޫކުރާ ބިޑް ފޯމު ގައެވެ. އެނޫންގޮތަކަށް ހުށަހަޅާ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:00

ބުރާސްފަތި

14 މާރޗް 2019

ބީލަން ހުށަހެޅުން

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2019
ހޯދާ