ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން ލިބިދޭ ބާރުގެދަށުން އެކުލަވާލައި ޤާނޫނީ ބާރު ލިބިފައިވާ، މިދަންނަވާ 2 ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލުގެ ދެލިކޮޕީ މި އިޢުލާނާއެކު ޢާއްމުކުރަމެވެ.

 

1. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދުގެ 10 (ދިހައެއް) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލު.

 

2. ގޯތި ނުވަތަ ގޯތިން ބައެއް ނުވަތަ ގޯތީގައި ހަދާފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ކުއްޔަށް ދިނުމާއި ކުއްޔަށް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާޢިދުގެ 16 (ސޯޅަ) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލު.

 

ވީމާ، މި 2 އުޞޫލަށް ހުށަހަޅުއްވަން ބޭނުންފުޅުވާ އިޞްލާޙުތައް 2019 މާރިޗް 21 ވަނަ ދުވަހުގެ 14:00 ގެކުރިން، މިއިދާރާއަށް ލިއުމުން ހުށަހެޅުއްވުން އެދެމެވެ.  

28 ޖުމާދަލްއާޚިރާ 1440

                  05 މާރިޗް     2019

 

05 މާރިޗު 2019
ހޯދާ