މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

        މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

  • މަޤާމް:                    މަސައްކަތު
  • ބޭނުންވާ ޢަދަދު:              01 ( އެކެއް )
  • މުސާރައާއި އެލަވަންސް މަހަކު:     -/6500ރ (ހަހާސް ފަސްސަތޭކަ ރުފިޔާ) 
  • ފެންވަރު ނުވަތަ ސަރުތު:         އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި އެކު ޢުމުރުން 18 އަހަރާ ، 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި އަދި ގިނަވަޤުތު ހީވާގި ކަމާއި އެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން.
  • ކުރަންޖެހޭ މައިގަނޑު މަސައްކަތް:   ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ކުނިކޮށީގައި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން .

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

 

ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2019 މާރިޗު 10 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހިމަނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

04 މާރިޗު 2019
ހޯދާ