މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
09 ސަންބެޑް ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ 09 ސަންބެޑް ސިޓީލާ ނީލަމުގައި ވިއްކާލުން

 

މިއިދާރާގެ 9 ސަންބެޑް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

ސަންބެޑްގެ މަޢުލޫމާތު

1- ސަންބެޑް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން  ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

2- މިހާރުގެ ހާލަތު: މިއިދާރާގައި ހުންނަތާ 7 މަސް ދުވަސް

3- އެއްވެސް އިތުރު ގެއްލުމެއް ނުވަތަ ހަލާކުވެފައެއްނުވާނެއެވެ.

ފެށޭއަގު:

   ސަންބެޑް ނީލަން ފެށޭއަގަކީ 500.00 (ފަސްސަތޭކަ) ރުފިޔާއެވެ. އަގައް އިތުރު ކުރެވޭނީ މަދުވެގެން 100.00(ސަތޭކަ)ރުފިޔާ

ނީލަންފަށާ ތާރީޚް:  03މާރިޗް 2019  ނިންމާ ތާރީޚް:10 މާރިޗް 2019 ދުވަހުގެ ރޭ 24:00 އައެވެ

 

 

    ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނީލަން ކިއުމަށް ތައްޔާރު ކުރެވިފައިވާ "ނީލަންކިއުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.    މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިއުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީލިޔުއްވައި ފޮނުއްވާނީ މިއިދާރާގެ އިމެއިލް: [email protected] އަށް ނުވަތަ މިއިދާރާގެ 6720017 ނަންބަރ ފެކްސް އަށެވެ.

ނީލަން ކިއުމުގެ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

 

ހުށަހަޅުއްވާ އަގުތައް ޢާއްމުކުރުން

    ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ. އަދި މިއިދާރާގެ ނޯޓިސްބޯޓަށް ނެރެވޭނެއެވެ. 

ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚްގައި ހުށަހަޅުއްވާފައިވާ އެންމެމަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

    ވީމާ، މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

03 މާރިޗު 2019
ހޯދާ