މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ި މިނިސްޓްރީއަށް 2 ވެހިކަލް ސަޕްލައިކޮށް ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދިނުމާ ބެހޭ

 އިޢުލާން

މި މިނިސްޓްރީގައި ބޭނުން ކުރުމަށްޓަކައި 2 ވެހިކަލް ހޯދުމަށް ކުރެވުނު އިއުލާން IUL)101-AF/1/2019/82) ނަންބަރުއަށް މިނިސްޓްރީން ކުރި އަންދާޒާއަށްވުރެ މަތިން އަގު ހުށައަޅާފައިވާތީވެ ކުރިން ކުރެވުނު އިއުލާން ބާތިލުކޮށް، އަލުން މި މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައޫލޫމާތު ބޭނުންފުޅުވާނަމަ، 3323668/3333117 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

 

މައޫލޫމާތް ކަރުދާސް

  •  ގަންނަން ބޭނުންވާ ތަކެތި:

1

ވޭން (މިނީ ވޭން)

ބާވަތް: ޕެސެންޖަރ ވޭން

ސީޓިންގ ކެޕޭސިޓީ: 8 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު

މައިލޭޖް: 5000km އިން ދަށް

ހައިބްރިޑް، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ.

އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން

1

ކާރު

ބާވަތް: ލަގްޒަރީ ކާރު 

ސީޓިންގ ކެޕޭސިޓީ: 4 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު

މައިލޭޖް: 5000km އިން ދަށް

ހައިބްރިޑް، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ.

އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން

  • ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.
  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. ވޮރަންޓީ ލެޓަރ
  5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  6. ތަޖުރިބާ ބަޔާންކުރާ ލިޔުން
  7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން
  8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

  • ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

10%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (މުއްދަތު ބަލާނީ 2 ވެހިކަލްގެ ރަޖިސްޓްރޭޝަން މަސައްކަތްތަށް ނިންމައި މިނިސްޓްރީއާއި 2 ވެހިކަލް ހަވާލުކުރެވޭނެ މުއްދަތަށެވެ.)

3

މާލީ ޤާބިލުކަން:

15%

މާލީ ތަނަވަސްކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތައް ބަލާފައި

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 1 ލައްކައިން ދަށްނަމަ، 5 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 1 ލައްކައިން 2 ލައްކައާއި ހަމައަށް 10 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 2 ލައްކައިން މަތިނަމަ 15 މާކްސް

4

ތަޖުރިބާ:

5%

ތަޖުރިބާ ބަޔާންކުރާ ލިޔުންތަކަށް ބަލައި ( މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރުން ރަސްމީ އެއްވެސް އިދާރާއަކަށް ނަވަތު ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.)

5

ވަހިކަލްގެ ކަންޑިޝަން:

 10%

އުފެއްދިފަހުން ވީމުއްދަތަށް (އެންމެ ކުރު މައްދަތަށް އެންމެގިނަ މާކްސް ލިބޭގޮތަށް) 5 މާކްސް

މައިލޭޖް (އެންމެ ދަށް އަދަދަށް އެންމެގިނަ މާކްސް ލިބޭގޮތަށް) 5 މާކްސް

 

28 ފެބުރުވަރީ 2019
ހޯދާ