މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

މީޑިއާ ކޮންސަލްޓަންޓް

"މީޑިއާ ކޮންސަލްޓަންޓް" ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މަތީގައި ދެންނެވިފައިވާ ކޮންސަލްޓަންސީއާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް “Application for Media Consultant” މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333143 ނުވަތަ 3333160 ފޯނަށް ގުޅުއްވައި ނުވަތަ   [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 ފެބުރުވަރީ 2019
ހޯދާ