އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ޓަރމިނަލްގައި ކޮފީ ޝޮޕެއް ހިންގާނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކޮފީ ޝޮޕެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  6 މާރިޗު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި ޢިއުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 14 މާރިޗު 2019  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

27 ފެބުރުވަރީ 2019
ހޯދާ