ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

  • ·   މިސްކޫލް ނަންބަރު IUL) GZS/2019/0211) އިއުލާނުގައި ކަނޑައެޅިފައިވާ ދާއިރާތަށް އިސްލާހުކުރުމަށް ޓަކައި މިއިއުލާން ބާތިލްކޮށް އަލުން މިމަޤާމަށް އިއުލާން ކުރަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓަރ

ރޭންކް:

އެމް.އެސް 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

ގިންތި / ސެކްޝަން:

ދާއިމީ / އެޑްމިން ސެކްޝަން

މުސާރަ:

7035.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

މަޤާމް ނަންބަރު:

118030 J-

ސަޕޯޓިންގ ކޯ އެލަވަންސް:

900.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހި ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
  2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުވުން  
  3. ސްކޫލް ބަޖެޓަށް ލިބޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ސެކްސަނުގެ މުވައްޒަފުން ލައްވާ ކުރުވާ ބެލެހެއްޓުން.
  4. ސަރުކާރުގެ ފައސާއާއި ބެހޭ ޢާންމު ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު މިޚަރަދުތައް ކުރެވޭ ގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  5. ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑްގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން.
  6. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީގެ (ސްކޫލަށް ގެންނަށް ހަރުމުދަލުގެ ތަފްސީލް ބެލެހެއްޓުމާއި އެތަކެތީގައި ނަންބަރު ޖަހާ) ކަންތައް ކުރުމަށް ހަވާލު ކުރެވިފައިވާ މުވައްޒަފުން ދުވަހުން ދުވަހަށް މަސައްކަތް ކުރަމުންދޭތޯ  ޗެކްކޮށް ބެލެހެއްޓުން .
  7. ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  8. އެކިގޮތްގޮތުން ސްކޫލަށް ލިބޭފައިސާ ބަލައިގަނެ އެމްއެމް.އޭ އަށްޖަމާކުރުމާއި ތިޖޫރި ރިޕޯރޓް ހަފުތާއަކު 1 ފަހަރު ފޮނުވުމާއި ލިބޭއާމްދަނީގެ ހިސާބުތައް ބެލަހައްޓަމުންދޭތޯ ޗެކްކުރުން.
  9. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
  10. ސަރުކާރުގެ ފައިސާއާއި ބެހޭ ޢާންމު ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު މިޚަރަދުތައް ކުރެވޭ ގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  11. ސްކޫލްގެ އިމާރާތްތަކާއި ތަކެތީގެ ތަޅުދަނޑި ތަކުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  12. ސްކޫލްގެ އިމާރާތްތަކާއި، ހަރުމުދަލަށް ލިބޭ ގެއްލުންތައް  (ބިޑްކޮށްގެން ކުރަންޖެހޭވަރުގެ) ސެކްޝަނާއި މަޝްވަރާކޮށް ގެން މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން  ހަވާލުކުރެވިފައިވާ މުވައްޒަފުންލައްވައި ކުރުވުމުގެ ކަންތައްތައް ބެލެހެއްޓުން. 
  13. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް (ޕީޓީއޭ ގެ ކޯޑިނޭޓަރ އަދި ޕީޓީއޭ އާ މަޝްވަރާކޮށްގެން) މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްދޭތޯ ބައްލަވައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  14. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުވުން.
  15. ސްކޫލްގެ ޢިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.
  16. މަސައްކަތުގެ އެގްރީމަންޓްތައް މަސައްކަތް ހަވާލުކުރަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ހަވާލު ކުރަންޖެހޭ ފަރާތްތަކައި ހަވާލުކުމުގެ އެންމެހައި މަސައްކަތްތައް ކުރުވުން.
  17. ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ސްކޫލްގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައި، އެފަދަކަންކަމުގައި އެއްބާރުލުން ދިނުން.
  18. ކިޔަވައިދިނުމާއި ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން
  19. ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 
  20. ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާއި ގުޅޭގޮތުން ވެރިއެއްގެ ޙައިސިއްޔަތުން ބަލަހައްޓަން ޖެހޭ ކަންތައްތައް ބެލެހެއްޓުން .       
  21. ސްކޫލްގެ އިދާރީ ކަންކަމާއި ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި އެކަންކަން ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
  22. ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން .  
  23. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  24. ސްކޫލްގެ ފަރާތުން ހިފާފައިވާ ތަންނަތުގެ މަރާމާތުކަންތައްތައް ބެލެހެއްޓުން.
  25. ސްކޫލުން ރާވާ ހިންގާ އިތުރު ހަރަކާތް ތަކުގައި ސްކޫލްގެ ވެރިން އަންގާ ގޮތެއްގެ މަތިން ސްކޫލަށް ހާޟިރުވެދިނުން.
  26. ބިދޭސީ މުވައްޒަފުންގެ ވާރކްޕާމިޓް ހެދުމާއި ،ވިސާފީ ދެއްކުމާއި މެޑިކަލް ރިއެމްބާސްމެންޓުގެ ކަންތައްތައް ދުވަހުން ދުވަހަށް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  27. ބިދޭސީ ޓީޗަރުންގެ ޓިކެޓްގެ ކަންތައް.

28. ބިދޭސީ ޓީޗަރުންގެ ކޮންޓްރެކްޓް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ދާއިރާތައް:      

 

  1.  އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:%55

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  ޣާޒީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފއިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019  މާރިޗް 10 ވާ (އާދިއްތަ)  ދުވަހުގެ 13:30 ގެ ކުރިން، ޣާޒީ ސްކޫލް އެޑްމިން އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.
  • އީ-މެއިލް އެޑްރެސް: [email protected] (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)
  • ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަވިއުކުރުން

  • މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ 11 މާރިވް 2019 ން 12 މާރިޗް 2019 ދެމެދުގެ ތާރީހެއްގައި  ޣާޒީ ސްކޫލްގައިއެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިޔު ކުރެވޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްކަށް ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު: 

  • މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅާނީ  3350744 ނަންބަރު ފޯނާއިއެވެ. އީ  މެއިލް ކުރާނީ [email protected] އަށެވެ.

22 ޖުމާދުލްއާހިރް 1440

27 ފެބުރުވަރީ 2019
ހޯދާ