މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީން ދަރުބާރުގޭގައި ބާއްވާ ޖަމްއިއްޔާތަކުގެ ފެއަރ އަށް ސްޓޯލް ހެދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                             ނަމްބަރ: IUL 10-F/10/2019/34.

އިޢުލާން

   މި އަހަރުގެ މާރިޗު މަހު 16،17،18 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމޖެހިފައިވާ '' މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ '' އަށް  ސްޓޯލްތަކެއް ހަދާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04  މާރިޗު  2019 ވާ  ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏ 

 

 

25 ފެބުރުވަރީ 2019
ހޯދާ