ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސަރޗް ކޮންސަލްޓަންޓް (މެޑިކަލް އެންޑް ހެލްތް ސައިންސަސް)

މަޤާމް :ރިސަރޗް ކޮންސަލްޓަންޓް (މެޑިކަލް އެންޑް ހެލްތް ސައިންސަސް)
ބޭނުންވާ އަދަދު :1

ރިސަރޗް ކޮންސަލްޓަންޓް (މެޑިކަލް އެންޑް ހެލްތް ސައިންސަސް) އެއް ހޯދުމަށް އެދި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޞިއްޙީ ދާއިރާގެ ދިރާސާތައް ފަރުމާކޮށް ހިންގައި، ފުޅާކުރުމަށް މަގުފަހިކުރުމަށްޓަކައި މި ދާއިރާގެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓަންޓް މަސައްކަތްކުރާނީ ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުގެ ކޮންޓްރެކްޓް މަޤާމެއްގައެވެ. އަދި މި މަގާމަށް ހޮވޭ ފަރާތަކުން ކުރާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކަށްވާނީ، ޞިއްޚީ ދާއިރާގައި ޚިދްމަތްކުރާނެ މީހުން ބިނާކުރުމަށް ޔުނިވަރސިޓީގައި އުފައްދާފައިވާ ފެކަލްޓީ އޮފް ހެލްތު ސައެންސަސް އާއި ސްކޫލް އޮފް ނަރސިންގ އަދި ސްކޫލް އޮފް މެޑިސިންގެ މަސައްކަތްތައް ގުޅުވައިދޭ ފަދަ ގޮތަކަށް ދިރާސާތައް ރާވައި ހިންގުމެވެ. ތިރީގައި ބަޔާންކުރެވިފައިއެވަނީ މި ކޮންސަލްޓަންޓުގެ ވަޒީފާގެ ސްޕެސިފިކޭޝަންނާއި މަސްޢޫލިއްޔަތެވެ. 

ވަޒީފާގެ ސްޕެސިފިކޭޝަން:

މަޤާމުގެ ނަން:

ރިސަރޗް ކޮންސަލްޓަންޓް (މެޑިކަލް އެންޑް ހެލްތް ސައިންސަސް)

މަޤާމުގެ ޝަރުތު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 10 ވަނަ ހަރުފަތުގެ ސަނަދެއް ގުޅުންހުރި ދާއިރާއަކުން ހާސިލުކޮށްފައިވުމާއި  މެޑިކަލް ނުވަތަ ހެލްތް ސައެންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރައްވާފައިވާ ދިރާސާތައް ޕިޔަރ ރިވިއުޑް ޖަރނަލްތަކުގައި ޝާއިއުކޮށްފައިވުން

- އަމަލީގޮތުން ގިނަ ދިރާސާތަކެއް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާ އަދާކުރާ ރަށް

ކ. މާލެ

ވަޒީފާ އަދާކުރާ ތަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ރިސަރޗް ސެންޓަރު

ވަޒީފާ އަދާކުރުމުން މަހުން މަހަށް ދެވޭ އުޖޫރަ

އެސިސްޓަންޓް ޕްރޮފެސަރެއްގެ މުސާރަ އާއި އެލަވަންސް

ވަޒީފާ އަދާކުރުމުން ދެވޭ އެހެނިހެން އިނާޔަތްތައް

އެސިސްޓަންޓް ޕްރޮފެސަރަކަށް ދެވޭ އިނާޔަތްތައް

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

ކޮންޓްރެކްޓްގެ މުއްދަތު

1 މާރިޗް 2019 އިން 10 ޑިސެންބަރު 2019

 

ވަޒީފާގެ މަސްއޫލިއްޔަތު:

(1)    ލީޑަރޝިޕް:

  • މެޑިކަލް އަދި ޞިއްޙީ ދާއިރާއާ ގުޅޭ ރިސަރޗް އިތުރުކުރުމަށްޓަކައި ޔުނިވަރސިޓީގެ ފެކަލްޓީ، ސެންޓަރުތަކާ ގުޅިގެން މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުން ކުރެވޭ ދިރާސާތަކުގެ ތެރޭގައި މެޑިކަލް އަދި ޞިއްޙީ ދާއިރާއާ ގުޅޭ ޢިލްމީ ދިރާސާތަކާއި ހޯދުންތައް އިތުރުކޮށް އެ ދިރާސާތަކުގެ ފެންވަރުބަލައި ދެމެހެއްޓޭނެ މިންގަނޑުތައް އެކުލަވާލުން
  • ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއާ ގުޅިގެން އެ ސްކޫލުގެ ކްލިނިކަލް މުވައްޒަފުންގެ މެދުގައި ރިސަރޗް ފުޅާކުރުމަށް ޕްލޭންތައްހަދައި ތަންފީޒުކުރުން
  • ޔުނިވަރސިޓީގެ ރިސަރޗާއި ހޯދުންތަކުގެ ބޭނުންތެރިކަމާއި ފައިދާ ޤައުމަށާއި ޔުނިވަރސިޓީއަށް އިތުރުކުރަމަށްޓަކައި، ޔުނިވަރސިޓީގެ ރިސަރޗް ސްޓެރެޓިޖީ ތަރައްޤީކުރުމުގައި އެހީތެރިވެދިނުން
  • ފިކުރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ރިސަރޗް ސެންޓަރުގެ ތަރައްޤީއަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންކަމާއި ކުރިމަގުގައި ކުރެވިދާނޭ ކަންތައްތައް ހޯދުމުގައި އިސްނެގުން.
  • ޔުނިވަރސިޓީގެ ޞިއްޙީ ދާއިރާގެ ދިރާސާ ތަކާ ގުޅޭ ތަންތަނާއި މީހުންނާ އެކު އެއްބާރުލުމުގެ ގުޅުންތައް ޤާއިމްކޮށް ތަރައްޤީކުރުމާއި އެކި ފޯރަމްތަކާއި ޖަލްސާތަކާއި އެހެން އެއްވުންތަކުގައި ރިސާރޗް ސެންޓަރު ތަމްސީލުކުރުން.
  • ޔުނިވަރސިޓީގެ ފެކަލްޓީތަކާއި ސެންޓަރުތަކަށް މަންފާވާނޭގޮތަށް، ޕްރޮޖެކްޓްތައް އެކުލަވާލައި، ޕްރޮޖެކްޓްތަކަށް ބިޑްކޮށް، ހިންގުން.

(2) ރިސަރޗް ކުރިއެރުވުމާއި މެނޭޖްކުރުން:

  • ޤައުމަށް ފައިދާހުރި މެޑިކަލް އަދި އެހެނިހެން ސިއްޙީ ދާއިރާތަކުގެ ރިސަރޗް ޕްރޮގްރާމްތަކާއި ޕޮރްޖެކްޓްތައް އެކުލަވާލުން.
  • ރިސަރޗް ސެންޓަރުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން
  • މެޑިކަލް އަދި އެހެނިހެން ސިއްޙީ ދާއިރާތަކުގެ ދަރިވަރުންގެ ދިރާސާތައް ސުޕަވައިޒްކުރުމާއި ކިޔަވައިދިނުން.
  • ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.

(3) ފަންޑު ހޯދުން:

  • ރިސާރޗް ސެންޓަރު ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން. 

(4) އެތެރެއާއި ބޭރުގެ މުވާޞަލާތީ ގުޅުންތައް:

  • ރިސަރޗް ސެންޓަރުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި ސެންޓަރުން ކުރާ ކަންތައްތައް އިސްތިހާރު ކުރުން.
  • އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ސެންޓަރުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން،  ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް ދިނުން، މީޑިއާ މުޢާމަލާތްތައް ކުރުން، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޕޭޕަރުތައް ޝާއިޢު ކުރުން

(5) އެހެނިހެން މަސައްކަތް:

  • ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުގެ ޕޮލިސީ/ސިޔާސަތުތައް ތައް ތަންފީޒުކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 2019 ފެބުރުވަރީ 26 ވާ އަންގާރަ  ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 އަދި 3345131 ނަމްބަރު ފޯނަށެވެ.

 

21 ފެބުރުވަރީ 2019
ހޯދާ