މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – ހދ.ކުޅުދުއްފުށި (އޯޕަން އަންހެން އަދި ފިރިހެން / 13 އަދި 15 އަހަރުންދަށް އަންހެން/ފިރިހެން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 10 ން 13 މާރިޗު 2019 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – ހދ. ކުޅުދުއްފުށި އޯޕަން އަންހެން އަދި ފިރިހެން / 13 އަދި 15 އަހަރުންދަށް އަންހެން/ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގެ ޓީމްލިސްޓް ފޯމް ފުރިހަމަކޮށް 3 މާރިޗު 2019 ވާ އަދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ އީ-މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

މުބާރާތު މުހިންމު ބައެއް ޤަވާއިދުތައް.

  • 13 އަހަރުންދަށް: 2006 ވަނަ އަހަރާއި އޭގެފަހުން އުފަންވި ކުދިން
  • 15 އަހަރުންދަށް: 2004 ވަނަ އަހަރާއި އޭގެފަހުން އުފަންވި ކުދިން
  • މިމުބާރާތުގައި ބައިވެރިވާ ޓީމްތައް ނަންދެއްވާއިރު ސްކޫލްތަކުގެ ނަން ނުހިމެނޭގޮތައް ނަންދެއްވުމަށް ސަމާލުވުން.
  • ޓީމްތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3x3 ޕްލެނެޓްގައި (https://play.fiba3x3.com) ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށެވެ.

 

ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު ހޯއްދެވުމަށް މިއެސޯސިއޭޝަންގެ ނަންބަރު، 3314024 އަށް ގުޅުއްވުން އެދެމެވެ.

@

 

20 ފެބުރުވަރީ 2019
ހޯދާ