ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމަށް ބިންދޫކުރުން

    

އިޢުލާން

 

މަސްކައްކާ ހިއްކުމަށް ބިންދޫކުރުން

 

                  މިރަށުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ބިންދޫކުރުމަށް ނިންމާފައިވާ ސަރަހައްދުގައި އޮތް 4000 އަކަފޫޓުގެ 3 ބިން، ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ.

  •  ބިންދޫކުރުމާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.
  • ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 28 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.

             ބިންދޫކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                      ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

20 ފެބުރުވަރީ 2019
ހޯދާ